ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--- މޯލްޑިވިއަން
ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި
ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ސައްހަ ލިޔެކިއުންތައް ނެތް ބަންގްލަދޭޝްގެ ރައްޔިތުންނާއި، އެނބުރި ގައުމަށް ދާން ބޭނުންވާ ރައްޔިތުން ފުރުވާލުމަށްޓަކައި ސަރުކާރާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިއަދު 200 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލިއިރު، މޯލްޑިވިއަން އިން މިގޮތަށް 40 އަށް ވުރެ ގިނަ ދަތުރުކޮށްފައިވެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ދާކާ އަށް މިއަދު ފޮނުވާލާފައިވާ 200 ރައްޔިތުންނާއި އެކު، މިހާތަނަށް މޯލްޑިވިއަން އިން އެ ގައުމުގެ 8،236 ރައްޔިތުން އަނބުރާ ފޮނުވާލާފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ 20،000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް