ads
އަވިން ހަކަތަ ނެގުމަށް ކުރާ މަސައްކަތް--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ގްރީން ލޯން: ރަހުނެއް ނެތި ބައި މިލިއަން ރުފިޔާ ދޫކުރަނީ
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތިމާވެށީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގްރީން ލޯން މިއަދު ތައާރަފްކޮށްފި އެވެ.

ގްރީން ލޯންގެ ނަމުގައި ބީއެމްއެލް އިން ދެ ލޯނެއް ތައާރަފްކޮށްފައިވާ އިރު، އޭގެ ތެރެއިން ފުރަތަމަ ލޯންގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާއި ހަމައަށް ރަހުނަކާއި ނުލާ ދޫކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ. އަދި ލޯން އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދީފައި ވެއެވެ.

ބޮޑެތި އިންވެސްޓްމެންޓްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ދެވަނަ ލޯނުގައި 20 މިލިއަން ރުފިޔާ އާއި ހަމައަށް ލޯންގެ ގޮތުގައި ދޫކުރާއިރު، ލޯން އަނބުރާ ދެއްކުމަށް ވިހި އަހަރުގެ މުއްދަތެއް ދީފައިވެއެވެ.

ފުރަތަމަ ލޯން ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭއިރު، އެ ލޯންގެ އިންޓްރެސްޓް ރޭޓަކީ 12 އިންސައްތައެވެ. އަދި ދެވަނަ ލޯން ދައްކަން ވިހި އަހަރުގެ މުއްދަތެއް ލިބޭއިރު، އެ ލޯންގެ އިންޓްރެސްޓް ވަނީ 10 އިންސައްތަ އަށް ދައްކުރެވިފައެވެ.

ގްރީން ލޯނަށް ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި، މިފަދަ މަޝްރޫއުތަކަށް އެހީތެރިކަން ހޯދަން ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން އާއި ބެހޭ ޑައިރެކްޓަރު މޫސާ ނިމާލް ވަނީ ވިދާޅުވެފައެވެ.

ގްރީން ލޯން ދޫކުރަން ހަމަޖެހިފައިވަނީ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެފަދަ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ކަމަށާއި، މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމުންނަށް ފަސޭހަވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް