ads
ޑޭވިޑް އަންދަލް--
ކޮވިޑްގައި މަރުވި މީހަކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހޮވިއްޖެ
ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހަކު، އެމެރިކާގެ ގާނޫނު ހަދާއި މަޖިލީހުގެ ތިރިގެއަށް ހޮވިއްޖެ އެވެ.

ރިޕަބްލިކަން ކެންޑިޑޭޓެއް ކަމަށްވާ، ޑޭވިޑް އަންދަލް އުމުރުން 55 އަހަރުގައި މަރުވެފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ކޮވިޑް ޖެހިގެން އެ ބައްޔަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވާކަން އާއިލާއިން ވަނީ ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. 

ނޯތު ޑަކޯޓާގެ ގޮނޑި އޭނާއަށް ކާމިޔާބިވިއިރު ސިޔާސީ ގޮތުން ނުފޫޒުގަދަ އެތައް ބަޔަކު ވަނީ އޭނާއަށް ތާއީދުކޮށްފަ އެވެ. 

އޮކްޓޫބަރު ފަހެއްގައި އޭނާ މަރުވި ނަމަވެސް އޭނާގެ ނަން ވޯޓު ކަރުދާހުގައި އޮތީ ދުރާލާ ވޯޓުލުމުގެ ކަންކަން ފެށިފައި އޮތުމުންނެވެ. 

އެ ސަރަހައްދުގެ ބަންޑާރަ ނައިބް ވަނީ އޭނާގެ މަގާމަށް ރިޕަބްލިކަން ޕާޓީގެ އެހެން މީހަކު އައްޔަންކުރަން ފުރުސަތު ދޭން ނިންމާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.

މިއީ އެމެރިކާގައި މަރުވެފައިވާ މީހަކަށް އިންތިހާބެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެގައުމުގައި މިފަދަ ކަންކަން ދިމާވެފައި އެބަހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް