ads
ރިސޯޓު މުވައްޒަފުންތަކެއް-- ފޮޓޯ: އަވަސް
ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަނީ
ރިސޯޓުތަކާއި އެކި ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ރެންޑަމް ސާމްޕަލް ނަގަން ފަށާނީ ކޮންއިރަކު ކަމެއް ހާމައެއް ނުކުރައްވަ އެވެ.

ރެންޑަމް ސާމްޕަލްތަކެއް ނަގަން ނިންމާފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާރު ރާއްޖޭގެ 30 ރިސޯޓަކުން 52 ފަތުރުވެރިއަކަށް ކޮވިޑް ޖެހިފައިވާއިރު އެތަންތަނުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 120 އަށް އަރަ އެވެ.

އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެެ. އެރަށުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 50 އަށް ވަނީ އަރާފަ އެވެ. 

ރިސޯޓުތަކުން ފެންނަ ކޮވިޑްގެ ކޭސްތައް އިތުރުވާތީ ޓޫރިޒަމް މިނިސްޓްރީން ވަނީ ގައިޑްލައިންތަކަށް އިހުތިރާމު ނުކުރާނަމަ އެއްވެސް އިންޒާރެއް ނެތި ހުއްދަ ބާތިލުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް