ads
ފޮޓޯ؛ ވަން އޮންލައިން
ހަތް މަސްފަހުން ކުޅިވަރު ކުޅުމަށް ދަނޑުތައް އަލުން ހުޅުވާލަނީ
ކޮވިޑް-19 އާއި އެކު އާއްމު ދިރިއުޅުމުގައި ކުރަމުން އައި އެތައްކަމެއް ހުއްޓާލަންޖެހުނުއިރު ހެލިފެލިވެ ހިތް އުފާކޮށްލުަމަށްޓަކައި ކުޅެއުޅުނު ކުޅިވަރުތައްވެސް ހުއްޓިގެން ދިޔުންވީ ގިނަ ބަޔަކަށް އުދަގޫކަމަކަށެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވާން ފެށުމުން އޭރު އާއްމުން އެތަނަކަށް އެއްވުން މަދުކުރުމަށްޓަކައި އޮފީސްތަކާއި އެހެންވެސް އާއްމުންގެ ގިނަ ބަޔަކު އެއްވާ ތަންތަން ބަންދުކޮށް ކުޅިވަރު ކުޅޭ ތަންތަން ބޭނުންކުރުން ވެސް ހުއްޓުމަކަަށް އައެވެ.

މާޗް މަހުގެ ތެރޭގައި އެތަންތަން ބޭނުންކުރުން މަނާ ކޮށްފައިއޮތުމަށްފަހު އޭގެ ފަހުން ޖޫން މަހު އެހުއްދަ ދިންނަމަވެސް އަނެއްކާވެސް އޮގަސްޓް މަހުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ގައިވެސް އެއްވެސް ސަރަހައްދެއްގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުބޭއްވޭ ގޮތަށް އެޗްޕީއޭއިން ނިންމިއެވެ.

ވީހާވެސް ބޮޑަކަށް އެކަކު އަނެކަކާއި ކޮންޓެކްޓްވުން މަދުކުރުމުގެ ގޮތުން އަޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ޓޯނަމެންޓްތަކާއި ކުޅިވަރު ޓީމްތަކުގެ ޕްރެކްޓިސްތަށް ނުބޭއްވޭގޮތަށާއި ފަސް މީހުނަށް ވުރެ ގިނަ މީހުން މަގުމަށްޗަށް ނުނިކުތުމަށާއި ކަސްރަތު ކުރުމަށް ބޭރަށް ނިކުންނަ މީހުންވެސް އެކަނި ވަކި ވަކިން ނިކުތުމަށް އޭރު އެޗްޕީއޭއިން އިލްތިމާސްކުރިއެވެ.

ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން އެއީ މިފަދަ ހާލަތެއްގައި މުހިންމު ކަމެއް ނަމަވެސް ކަސްރަތު ކުރުމާއި ދުވަން ނިކުމެ އުޅޭ މީހުންގެ އިތުރުން މޫދުގައި ކަސްރަތު ކުރަން ބޭނުން މީހުން އެފަދަ ކަންކަމުގައި މަގުމަށްޗަށް އެކަނި ނިކުތުމަށް ބާރުއަޅާކަމަށް އެޗްޕީއޭއިން ދިޔައީ އިލްތިމާސް ކުރަމުންނެވެ. އަދި މާލޭ ސަރަހައްދުގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހަކަށް ކާފިއު ހިންގަން ނިންމައި، އެ ވަގުތުތަކުގައި މާލޭ ސަރަހައްދުގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުންވެސް ހުއްޓިގެން ދިޔައެވެ. 

އެޔަށްފަހު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކާފިއު ވަގުތައް ލުއި ދިނުމަށްފަހު އޮކްޓޫބަރު މަހުގެ ތެރޭގައިވެސް އެވަގުތައް ވަނީ ލުއި ދީފައެވެ. މިހާރު ކޮވިޑް-19 ބަލި ޖެހިފައިވާ މީހުން މަދުވަމުން އައިސް ކޮވިޑްގެ ސްޕްރެޑްއޮތް މާލެއިންވެސް ކޮންމެ ދުވަހަކު ފެންނަ ކޭސްތައް ދަނީ މަދުވަމުންނެވެ.

އެޔާއިއެކު ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފައިވާއިރު ކުޅިވަރު ކުޅޭ ތަންތަން އަލުން ހުޅުވުމަށްވެސް އެޗްޕީއޭއިން މިރޭ ހުއްދަ ދޭނެ ކަމަށް މިހާރު މައުލޫމާތު ލިބިއެވެ. ކޮވިޑް-19 ގައި ހޯދެމުންދާ ކާމިޔާބީތަކާއި އެކު ބަންދުކޮށްފައިވާ ގިނަ ތަންތަން ހުުޅުވާލެވި ހިދުމަތްތައްވެސް ދެމުންދާއިރު އެ ތަންތަން ހުޅުވާލެވިގެންދިޔައީ ހާއްސަ އުސޫލްތަކަކާއިއެކު އެކުއެވެ. އެހެންކަމުން ހަތް މަސް ފަހުން ކުޅިވަރުތަކަށް ދަނޑުތައް އަލުން ހުޅުވިގެންދާނީވެސް އުސޫލްތަކަކާއިވެސް އެކު ކަމަުގައި ބެލެވެއެވެ. 

ޔޫތް މިނިސްޓަރު މަހްލޫފް މިއަދު ވަނީ ބޫޓަށް އަރާ ނާޑުވާ ބާރުކޮށްގެން ތިބުމަށް އެދިފައެވެ. އަދި މިރޭ އެޗްޕީއޭއިން އެކަން އިއުލާންކުރާނެކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ހަތް މަސްފަހުން ކުޅިވަރުތަކަށް ދަނޑުތައް ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު މީގެ ކުރިން އެސޯސިއޭޝަން ތަކާއި ވާހަކަދައްކާގެން ކޮންޓެކްޓް ނުވާ ކުޅިވަރުތަކުގެ ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮތީ ދީފައެވެ. އެހެންނަމަވެސް އެ ކުޅިވަރުތައްވެސް ކުޅެމުންދިޔައީ ވަކި އުސޫލުތަކަކާއިއެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް