ads
ނަކުލް އާއި ޖާންކީ--
ނަކުލް އާއި ޖާންކީއަށް ދަރިއަކު ލިބެނީ
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ އާއި އޭނާގެ އަންހެނުން ޖާންކީ ޕަރެހް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވެއްޖެ އެވެ.

ދަރިއަކު ލިބެން އުޅޭކަން އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރީ ކުރީގެ ހަނދާންތަކާއެކު އެވެ. އެގޮތުން ދެމީހުން ބައްދަލުވިއިރު ނަގާފައިވާ ފޮޓޯތަކާއި އަދިވެސް މުހިއްމު ދަތުރުތަކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށް އެކަން އިއުލާންކުރިއިރު ފަހުން ވަނީ އަންހެނުން ބަނޑުބޮޑު އިރު ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. 

އެ އާއިލާއަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ނަކުލް އާއި ޖަންކީ ކައިވެނިކުރީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. 

ނަކުލް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ސްޓާޕްލަސް އިން ދެއްކި އިޝްގްބާޒުން ލީޑު ރޯލުން ފެނިގެން ދިޔަ ނަކުލް ވަނީ 2012 ވަނަ އަހަރު ސްޓާޕުލަސް އިން ދެއްކި "ޕިޔާރް ކާ ދަރްދު ހޭ" އިން ވެސް ފެނިގެން ގޮސްފަ އެވެ. އެހިސާބުން އޭނާ މަގްބޫލުވީ އަދީގެ ރޯލުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް