ads
ފޮޓޯ: އެމްއާރްއެމް
ސިޔާސީ މައިދާނުގައި އިލްމީ ޒުވާނުންގެ ދައުރު ފުޅާކުރަންޖެހޭ: ފާރިސް
ސިޔާސީ މައިދާނުގައި އިލްމީ ޒުވާނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްއާރްއެމް ގެ އިންތިގާލީ އެކްސެކިއުޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ސިޔާސީ މައިދާނުގައި އިލްމީ ޒުވާނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްއާރްއެމްގެ އިންތިގާލީ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މިފަދައިން ވިދާޅުވެފައިވަނީ އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާ ނިންމުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފާރިސް ވިދާޅުވީ ދުނިޔޭގެ އެކި ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކޮށް ފަހުރުވެރި ވަނަތައް ހޯދާފައިވާ އެތައް ދިވެހި ޒުވާނުނެއް އެބައުޅޭ ކަމަށެވެ. ތައުލީމު ހާސިލް ކުރުމަށްފަހު ދިވެހި ގައުމަށް ޚިދުމަތް ކުރާ އެތައް އިލްމީ ޒުވާނުންނެއް އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އެފަދަ ގާބިލް ބަޔަކަށް ގައުމަށް ޚިދުމަތް ކޮށްދިނުމުގެ ފުރުސަތު ދިނުމަށް ހުރަސްތަކެއް އެޅިފައިވާ ކަންވެސް ފާރިސް ފާހަގަކުރެއްވި އެވެ. އެގޮތުން ފާރިސް ވިދާޅުވީ އިލްމީ ޒުވާނުންގެ ދައުރު ސިޔާސީ މައިދާނުގައި ފުޅާކުރަންޖެހޭ ކަމަށެވެ.

"އެފަދަ ގާބިލް އެތައް ބަޔަކަށް ވަނީ ގައުމަށް ޚިދުމަތް ކޮށްދިނުމުގެ ފުރުސަތަށް ހުރަސްތަކެއް އެޅިފައި، ޚާއްސަ ގޮތެއްގައި ސިޔާސީ ދާއިރާގައި އެމީހުންނަށް ވަނީ ޚިދުމަތުގެ ދޮރުތައް ބަންދުވެފައި. މީގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގައި ސިޔާސީ މަސައްކަތުގެ ސަގާފަތް ބައްޓަންވެފައި އޮތް ގޮތް. ސިޔާސީ މައިދާނުގައި ޒިންމާދާރު ގޮތެއްގައި އިލްމީ ޒުވަނުންގެ ދައުރު ފުޅާކުރަން އެބަޖެހޭ." ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ ޚިޔާލު ފާޅުކޮށް މަޝްވަރާ ދިނުމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ ބައެއް ކަމަށާއި، އޮއްޓަރު ހުރި އަދި ޤައުމަށް ފައިދާ ކުރާނެ ޚިޔާލުތައް ފާޅުކުރާ ކަމަށެވެ. އަދި އެމީހުންގެ ހިޔާލުތައް ސިޔާސީ ބޮޑު މަންޒަރުގެ ތެރެއަށް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ އެމްއާރްއެމްގެ އެއް އެއް އަމާޒަކީ ސިޔާސީ ސަފުން ނުފެނި، އެކަހެރިވެފައި ތިބި އިލްމީ ޒުވާނުންނަށް ހިތްވަރުދީ، މި ދާއިރާގައި ހަރަކާތްތެރި ކުރުވުން ކަމަށެވެ. އަދި ވަކި ނުފޫޒެއްގައި ނުޖެހި، ދިވެހިންނާއި ގައުމުގެ ފައިދާއަށް ޓަކައި މަޝްވަރާކޮށް ހައްލުތަކެއް ހޯދައި ދިނުން ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް