އެޗްއީއޯސީން މައުލޫމާތުދިން ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގުނު 1392 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 24 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 18 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 6 މީހުންނެވެ.
މީގެތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 6 ބިދޭސީންނެވެ.
މިއާއިއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،986 އަށް އަރާފައެވެ. އަދި ބަލިން ފަސޭހަވީ މީހުންގެ އަދަދު ވަނީ 11،092 ގައެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 847 ގައި އުޅޭއިރު އޭގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 226 މީހުންނަށް ފަރުވާދެމުން އަންނައިރު ހޮސްޕިޓަލް ތަކުގައި 60 މީހުނަށް އަންނަނީ ފަރުވާދެމުންނެވެ.
މިހާތަނަށް މިބަލީގައި ރާއްޖެއިން 40 މީހަކު ވަނީ މަރިވެފަ އެވެ.