ads
ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒް-
2021 ވަނަ އަހަރުގެ ބަޖެޓު ކޮމެޓީގެ މުގައްރިރަކަށް ނާޝިޒް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ނާޝިޒު ނައިބު މުގައްރިރު ކަމަށް އައްޔަން ކުރައްވާފައިވަނީ ބަޖެޓް ދިރާސާކުރުމަށް 27 މެންބަރުންގެ މަށްޗަށް އެކުލެވިގެންވާ އެ ބަޖެޓް ކޮމެޓީއަށް ހާޒިރުވެ ތިބި 21 މެންބަރުގެ ތެރެއިން 20 މެންބަރުންގެ އަގްލަބިއްޔަތާއި އެކުވެ.

ނާޝިޒުގެ ނަން ހުށަހަޅުއްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އަދި އެ ނަަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގްނީ ތާއީދު ކުރައްވާފައިވެއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ބަޖެޓް ދިރާސާ ކޮމެޓީއަށް މުގައްރިރަކާއި ނައިބު މުގައްރިރަކު ހޮވާފައެވެ. އެގޮތުން ނައިިބު މުގައްރިރަކަށް އިންތިހާބު ވެފައިވަނީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން އެވެ. 

އެ ނަން ހުށަހަޅާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. އަދި އެ ނަމަށް މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ތާއީދު ކުރައްވާފައެވެ. 

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ނައިބު މުގައްރިރަކަށް މުހައްމަދު ރަޝީދު ހުސެން ހޮވިފައިވަނީވެސް ކޮމެޓީގައި ބައިވެެރިވި 20 މެންބަރުންގެ ތާއީދާ އެކުއެވެ.

މާލިއްޔަތު ކޮމެޓީއާއި އިގްތިސޯދީ ކޮމެޓީ ގުޅިފައިވާ ބަޖެޓް ކޮމެޓީއަށް މިއަދު ވަނީ 2021 ވަނަ އަހަރުގެ ބަޖެޓް  ދިރާސާކުރަން ފޮނުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް