ads
ހުޅުދޫ ބަނދަރު މަސައްކަތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ހުޅުދޫ ބަނދަރުގެ 38 އިންސައްތަ ނިމިއްޖެ
ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެގޮތުން ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ 53 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.

އެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 2،250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މި އަހަރުގެ މާޗް 1 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކުރި އެ މަޝްރޫއު އަށް 65.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް