ads
އާޒިމާ-- ފޮޓޯ: އަވަސް
ފަނޑިޔާރު ތަނާޒުލްވި މައްސަލަ ހައި ކޯޓަށް
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިން މައްސަލަ ކްރިމިނަލް ކޯޓުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުން އާޒިމާގެ ފަރާތުން އެކަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އާޒިމާއާ ދެކޮޅަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމާއި ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ އެވެ. 

އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވީ ގާޒީ ހައިލަމް އެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ދެން އެ މައްސަލައާ ހަވާލުވެ ވަޑައިގެންނެވީ ގާޒީ ހަސަން ސައީދެވެ. އޭނާ ވެސް ވަނީ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފަ އެވެ. 

އެކަމާ ގުޅިގެން އާޒިމާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ގާޒީން ބަލާނެ މައްސަލަ އަމިއްލައަށް އިހްތިޔާރު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި މައްސަލައަކުން ތަނާޒުލްވެ ވަޑައިގެން އެހެން ފަނޑިޔާރަކާ ހަވާލުކުރަން ވަކި ހަމައެއް އޮންނަ ކަމަށެވެ. 

އޭގެ އިތުރުން ހަސަން ސައީދު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންނެވީ ގާނޫނީ ޖާގައިން ބޭރުން ކަމަށާއި އެކަން ކްރިމިނަލް ކޯޓުން ބަލައިގަތީ ވެސް ގާނޫނީ އުސޫލުން ބޭރުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެހެން ގާޒީއަކާ ހަވާލުކުރުމުން މައްސަލައަށް ނުފޫޒު ފޯރާ، މިނިވަންކަން ގެއްލިފައިވާ ކަމަށް ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް