ads
މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގާސިމްގެ އަތުން ހަ މިލިއަން ރުފިޔާ ހޯދަން ޖާބިރު ދައުވާކޮށްފި
މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތުން ހަ މިލިއަން ރުފިޔާ ހޯދުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ޑީރާރްޕީން ކުރި ޓްވީޓެއްގައި ބުނީ "އަނބުރާ ދެއްވާނެ ކަމަށް ވިދާޅުވެ ނެންގެވި ފައިސާ ނުދެއްކުމުން، އެ ފައިސާ ހޯދުމަށް" މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅި ފޯމު ވެސް އެ ޓްވީޓާއެކު ހިއްސާކޮށްފައި ވެއެވެ. 

އެ މައްސަލަ ހުށަހަޅާފައި ވަނީ ގާސިމްގެ އަތުން ޖުމްލަ ހަ މިލިއަން ދެހާސް ތިންސަތޭކަ ރުފިޔާ ހޯދަން ކަމަށް ފޯމުގައި ވެއެވެ. އެއީ ޖާބިރުގެ އަތުން ނެގި އެއް މިލިއަން ޑޮލަރުގެ ތެރެއިން 65،000 ޑޮލަރު ނުދީ ހިފަހައްޓާފައި ވާތީ އަނބުރާ ދައްކަން ޖެހޭ އެއް މިލިއަން ދެހާށް ތިން ސަތޭކަ ރުފިޔާ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މެދުވެރިކޮށް ނެންގެވި ފަސް މިލިއަން ރުފިޔާ އެވެ.

ފޯމާއެކު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެއް މިލިއަން ޑޮލަރުގެ ޗެކެއްގެ ކޮޕީ ހިމަނާފަ އެވެ. މައްސަލާގައި އެދިފައި ވަނީ އެ ފައިސާއަކީ އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅުމަށާއި އެއް ފަހަރާ އެ ފައިސާ އަނބުރާ ދައްކަން އަމުރު ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް