ads
ބާސެލޯނާގެ އާންސޫ ފާޓީ
އަންސޫ ފާޓީ ހަތަރު މަހަށް ކުޅުމަށް ދުރަށް
ސީރިއަސް އަނިޔާއެއް ލިބި، ބާސެލޯނާގެ ޒުވާން ފޯވާޑް ތަރި އަންސޫ ފާޓީ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ފާޓީއަށް އަނިޔާވީ ހުސްވި ހަފުތާގައި ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ފާޓީގެ ކަކުލުގެ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ. އެންމެ އަވަހަށްވެސް ފާޓީއަށް އެނބުރި އާދެވޭނީ ހަތަރު މަސް ފަހުން ކަމަށް ބެލެވުނަސް އެއަށްވުރެ މުއްދަތު ދިގުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ފާޓީ އަންނަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާވަނީ ހަ ގޯލު ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް