ads
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް: ރައީސް
ކުރިއަށްއޮތް އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހާއްސަ ހިތާބުގައި ވިދާޅުވީ، ކޮވިޑް-19 އާއެކު އަޅުގަނޑުމެންނަށް މި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެކަމަށާއި، މިބަލީގެ ސަބަބުން ލިބެމުންދާ އިގްތިސާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. ނަމަވެސް އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދީގޮތުން ދިމާވެފައިވާ ތަދުމަޑުކަމުން އަރައިގަތުމަށްޓަކާ މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދަޅުވިއެވެ.

އެގޮތުން ވަކިވަކި ފަރުދުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫއުތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެކަމަށާއި، އަލަށް ތައާރަފުކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްގީގެ މަޝްރޫއުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދޭ ކަމަށެވެ. އެގޮތުން ގައުމީ ތަރައްގީގެ 372 މަޝްރޫއުއެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫއެއް މިހާރުވެސް ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަންވެސް ރައީސް ިފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް