ads
ނޭޕާލާއި ބަންގްލަދޭޝްގެ މެޗެއްގެ ތެރެއިން
ބަންގްލަދޭޝް - ގަތަރު މެޗުން އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ކޮލިފައިން މެޗުތައް ފަށަނީ
ކޮވިޑާ ގުޅިގެން ފަސްކޮށްފައިވާ އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް، ބަންގްލަދޭޝްއާއި ގަތަރު ކުޅެން ޖެހޭ މެޗުން އަލުން ފެށުމަށް އޭއެފްސީން ނިންމައިފި އެވެ.

އޭއޭފްސީން ބުދަ ދުވަހު ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ދޯހާގައި، ގަތަރާ ބަންގްލަދޭޝް މެޗުން ކޮލިފައިން މެޗުތައް އަލުން ފަށާށެވެ.

ކޮވިޑާ ގުޅިގެން އޭއެފްސީން ވަނީ ދެ ފަހަރެއްގެ މަތިން ކޮލިފައިންގެ މެޗުތައް ފަސްކޮށްފަ އެވެ. ކޮލިފައިން މެޗުތައް ފުރަތަމަ ކުޅެން އޮތީ މިއަހަރުގެ މާރޗު މަހާއި ޖޫން މަހު އެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރު ފަސްކުރީ މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު މެޗުތައް އަލުން ފަށާށެވެ. އެހެންނަމަވެސް އެ މުއްދަތުގައިވެސް މެޗުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން އަންނަ އަހަރުގެ ތެރޭގައި މެޗުތައް ކުރިއަށް ގެންދަން އޭއެފްސީން ނިންމިއެވެ.

އޭއެފްސީން ބުދަ ދުވަހު ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު، ބަންގްލަދޭޝްއާއި ގަތަރު ކުޅޭ މެޗުން ކޮލިފައިން އަލުން ފަށާށެވެ. އަދި އެހެން ގައުމުތަކުން ކުޅެން ޖެހޭ މެޗުތައްވެސް އަންނަ އަހަރުގެ ޖޫން މަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް ނިންމަން އޭއެފްސީން ވަނީ ނިންމާފަ އެވެ. އޭއެފްސީން ބުދަ ދުވަހު ނިންމާފައިވަނީ މެޗުތައް އަންނަ އަހަރުގެ މާޗު މަހު އަދި ޖޫން މަހު ކުޅޭށެވެ. އަދި ފައިނަލް ބުރު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅެންވެސް އޭއެފްސީން ވަނީ ނިންމާފަ އެވެ.

ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ ތިން މެޗު އަދި ބާކީ އެބައޮތެވެ. އެއީ ރަށުންބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮވިޑާ ގުޅިގެން މެދު ކަނޑާލިއިރު، ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕު އޭގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް