ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ވީނިއުސް
މ. އަތޮޅުން ދެކުނަށް ވައިޓް އެލާޓް ނެރެފި
މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 1:00 ގެ ނިޔަލަށެވެ. 

މެޓު އޮފީހުން ބުނީ ދެކުނު އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. 

މެޓުން ވަނީ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 1-3 ގައި ކަމަށް ބުނެފަ އެވެ. 

އަދި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރޭތީ މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް