ads
ވޮލޮޑިމިޔާ ޒެލެންސްކީ---
ޔޫކްރައިންގެ ރައީސް ކޮވިޑް އަށް ޕޮޒިޓިވްވެއްޖެ
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިޔާ ޒެލެންސްކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު، ހޮސްޕިޓަލްގައި އެނދުމަތި ކޮށްފި އެވެ.

މި ހަފްތާގެ ހޯމަ ދުވަހު ޒެލެންސްކީގެ އިތުރުން އެ ޔޫކްރެއިންގެ ފިނޭންސް މިިނިސްޓަރު، އަދި އެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ޒެލެންސްކީގެ އަރިސް ބޭފުޅުންނަށް ވެސް ކޮވިޑް-19 ޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޒެލެންސްކީ އަށް ކޮވިޑް-19 ޖެހުނުކަން ކަށަވަރުވެފައިވާ އިރު، އޭނާ އެންމެ ފުރަތަމަ ވަޑައިގަތީ ދިރިއުޅުއްވާ ގެކޮޅަށް ކަމަށާއި، ނަމަވެސް ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ހޮސްޕިޓަލެއްގައި އެކަހެރިވާން ނިންމެވީ ކަމަށާއި މިހާރު އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށް ރޮއިޓާސް އާއި ހަވާލާދީ ޒެލެންސްކީގެ ތަރުޖަމާން ވަނީ ވިދާޅުވެފަ އެވެ.

ޔޫކްރެއިން ގައި ކޮވިޑް-19 ގެ ކޭސްތައް ހަލުވި ކަމާއެކު އިތުރުވަމުން ދާތީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޔޫކްރައިންގެ ކެބިނެޓުން ވަނީ އެ ގައުމު ފުރަބަންދަކަށް ގެންދިއުމަށް ފާސްކޮށްފަ އެވެ.

މިހާތަނަށް ޔޫކްރެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ ގިނަވެފައިވާ އިރު، 9،214 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް