ads
ފަތުރުވެރިން---
ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ބައިލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ކޮވިޑް-19 އަށް ފަހު ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ބައި ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އިއްޔެ އާއި ހަމައަށް 54،354 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ބޯޑަރު ބަންދުކުރުމުގެ ކުރީގައި 382،760 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 434،201 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އެމިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބު ތަކުން ދައްކައެވެ.

ބޯޑަރު ހުޅުވާލިތާ ފުރަތަމަ ފަނަރަ ދުވަހު 1،701 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، އޮގަސްޓް މަހު 7،628 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިދިޔަ މަހު 21،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ނޮވެމްބަރު މަސް ފަށައިގެން މިހާތަނަށް 10،972 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ކޮންމެ މަހަކު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ނިމިދިޔަ އޮކްޓޯބަރު މަހުގައިއެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ދެ ގުނަ އަދަދަށް އޮކްޓޯބަރު މަހު ފަތުރުވެރިން އައިސްފައިވެއެވެ. އެހެންކަމުން މި މަހު ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްވަރު ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނައިން ރަޝިޔާ އިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެ ގައުމުން 11،240 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބައި މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވެސް ލަފާކުރޭ!

ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ދަށް ކުރުމާއެކު ފިނޭންސް މިނިސްޓްރީން މިމަހު ބުނެފައިވަނީ ކޮވިޑް-19 އާއެކު ދިރިއުޅެމުންދާތާ މިހާރު ހަތް މަސް ފާއިތުވެފައި ވާއިރު ރާއްޖެއިން ކޮވިޑް ކޮންޓްރޯލްކުރުމުގައި ކާމިޔާބީއަށް ވާސިލުވެފައިވާ ކަމަށާއި އެގޮތުން ޖުލައި 15 ގައި ރާއްޖޭގެ ފަތުރުވެރިކަން ވެސް އަލުން ފަށާފައިވާ ކަމަށެވެ.

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް ފިނޭންސްގެ ބަޔާނުގައި ބުނީ ޖުލައި މަހު 2000 ފަތުރުވެރިން އައިިއިރު އޮކްޓޫބަރު މަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދު 21000 އަށް އަރާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފްލައިޓުތައް ވެސް އިތުރުވެފައިވާ ކަމަށާއި ރާއްޖޭގައި ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ އަދަދު ވެސް 100 އަށް އަރާ ކަމަށް ފާހަގަކޮށްފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް