އެމްއެންޑީއެފުން ބުނީ މިރޭ އަށެއް ޖަހާއިރު އިއްޒުއްދީން ފާލަމުގެ ބޭރުން ކަނޑުގެ ސަރައްދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުން ކުރިއަށްދާނީ ވެސް ދެ މިނެޓަށް ކަމަށް ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހަރަކާތަކީ ވިޔަފާރީގެ އުސޫލުން އަމިއްލަ ފަރާތަކަށް ސިފައިންގެ ކޯޕަރޭޓިވް ސިފްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މީގެ ކުރިން ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ތަފާތު މުނާސަބަތުތަކާ ގުޅިގެން މާލޭގައި ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާފައިވެ އެވެ.