ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް
ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ޓެރަރިސްޓު ހަމަލާއެއް ހުއްޓުވުމަށް ފަހު، މިމަހުގެ 11 ވަނަ ދުވަހު ރޭ ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާއި ގުޅޭ ގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލެ އާއި މާލެ އަތޮޅުގެ ކަނޑުގަޔާއި ތ. ތިމަރަފުށީގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އެ އޮޕަރޭޝަނުގައި މާލެ އިން އެކަކު އަދި ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހެއްގެ އިތުރުން ތިމަރަފުށިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. 

އެގޮތުން މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު ބާކީ ތިބި ފަސް މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން އަޑުތައް އެރި ގޮތުގައި ފުލުހުން ހުއްޓުވާފައި ވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އޮޕަރޭޝަން ކުރިއަށް ދާއިރު ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް