ads
އާދަމް ޝަރީފް އުމަރު--
ރައީސް ނަޝީދުގެ ވާހަލަފުޅަށް އާދަމް ޝަރީފް އުމަރުވެސް ފާޑުވިދާޅުވެއްޖެ
ސުވައިދިވްގެ ދައުލަތާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ފާޑުވިދާޅުވެއްޖެއެވެ.

1959 ވަނަ އަހަރުން 1963 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކުގެ މެދުގައި އޮތް ޔުނައިޓެޑް ސުވަދީވްގެ ދައުލަތަށް ތާއީދުކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ، މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް، ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ބޭއްވި ހަފްލާގައެވެ. 

މި ހަފްލާފައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށެވެ. އަދި ސުވަދިވްގެ ވެރިކަމުގައި ރާއްޖޭގެ ޖަޒީރާ ގައުމުތަށް ކުރިއަށްގެންދާނެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެދިގެން ދިޔަ ކަމަށެވެ. އެގޮތުން އެވިސްނުމަކީ ހަމައެކަނި ދެކުނު އަތޮޅުތަކުގެ މެދުގައި އުފެދުނު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް އިސްލާހުވަމުން، ރަނގަޅުވަމުން އައިސްފައި އޮތީ، ސުވަދިވްގެ ވެރިކަމުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވި އެވެ.  

މިވާހަކަތަކަށް ފާޑުވިދާޅުވަމުން ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓުގައި، ސުވަދީވްގެ ވެރިކަން ސިފަކުރައްވާފައިވަނީ "އައްޑޫ ބަގާވާތް" ގެ ގޮތުގައެވެ. އެގޮތުން ރައީސް ނަޝީދުއަށް ޓެގް ކުރައްވައި އާދަމް ޝަރީފް ވަނީ، އައްޑޫ ބަގާވަތުން މިސާލު ނެންގެވި ފަދައިން ފެބްރުއަރީ ހަތަކުން މިސާލު ނަންގަވާނެ ދުވަހެއްވެސް އަތުވެދާނެތޯ ސުވާލު ކުރައްވާފައެވެ. 

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު އިނގިރޭސިންނާ ބައިވެރިވެގެން އުފެއްދި ސަރުކާރު ކަމަށްވާ ޔުނައިޓެޑް ސުވަދީވްގެ ވެރިކަމަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް އުމަރު އިތުރަށް ވިދާޅުވީ، "ޑޭވިޑް އެންޑް ރޫލް" އަކީ އިނގިރޭސީން ދުނިޔޭގެ ކަންކޮޅުތަކުގައި އަތްގަދަކޮށްގެން އުޅުނުއިރު ގެންގުޅުނު ފިކުރެއް ކަމަށެވެ. 

އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަނީ "ޔުނިޓަރީ" ދައުލަތެއް، ނުވަތަ ސެންޓްރަލް ގަވަމެންޓުން ސަރުކާރުން ހިންގާފަދަ ދައުލަތެއް ކަމަށެވެ. 

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ފާޑުވިދާޅުވީއިރު، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އެގޮތުން ނަޝީދުގެ ވާހަކަފުޅު ކުއްވެރި ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ގައުމީ ބިމުގެ ވަހްދަތަކީ ގައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި، އެހެންކަމުން ގައުމީ ބިން ފޮތިފޮތިވާފަދަ މަހްފޫމަކަށް ތާއީދު ލިބޭފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް