ads
ބީއެމްއެލް އިން ދިގުރަށުގައި ހުޅުވި ސެލްފް ސާވިސް އޭޓީއެމް--- ފޮޓޯ: ބީއެމްއެލް
ދިގުރަށުގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. ދިގުރަށުގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފި އެވެ.

ރޭ ހުޅުވި އެ ސެލްފް ސާވިސް އޭޓީއެމްގެ ސަބަބުން އެ ރަށުގައި ދިރިއުޅޭ އާންމުންނަށާއި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުން ފަދަ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބީއެމްއެލް އިން ވަނީ މިދިޔަ މަހު އިތުރު ރަށްތަކުގައި ވެސް 24 ގަޑިއިރުގެ ހިދުމަތްދޭ ސެލްފް ސާވިސް އޭޓީއެމް ހުޅުވައިފަ އެވެ.

ބީއެމްއެލް އިން އދ. ދިގުރަށުގައި ސެލްފް ސާވިސް އޭޓީއެމް ހުޅުވުމަކީ އެ ރަށު ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ވިދާޅުވެ، އެ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ ބީއެމްއެލް އާއި ސަރުކާރުގެ އިސްވެރިންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް