ads
އެޗްއާރުސީއެމްގެ މެމްބަރުން ހުވާކުރުން-- ފޮޓޯ: ރައީސް އޮފީސް
ލިބޭ ބަޖެޓުން ޒިންމާއަދާކުރަން ދަތިވާނެ: އެޗްއާރުސީއެމް
އަންނަ އަހަރަށްދޭ ބަޖެޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ޒިންމާ އަދާނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މިއަދު ކޮމިޝަންގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖޓްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން އެ ކޮމިޝަނަށް ހަމަޖައްސާފައިވާ ބަޖެޓުން މުސާރަ އާއި ކުލި ދެއްކުމަށް ފަހު ޒިންމާ އަދާކުރެވޭނެ ވަރަށް ފައިސާ ނެތް ކަމަށެވެ.

މުއުމިނާ ވިދާޅުވީ އެ ކޮމިޝަނުން އެދިފައި ވަނީ 30 މިލިއަން ރުފިޔާގެ ބަޖެޓަކަސް ނަމަވެސް ފިނޭންސް މިނިސްޓްރީން ބޭނުންވީ 24 މިލިއަން ރުފިޔާގެ ބަޖެޓެއް އެ ކޮމިޝަނަށް ދިނުމަށް ކަމަށެވެ. މުއުމިނާ ވިދާޅުވީ އެންމެ ފުރިހަމަ އަދަދަކަށް ފައިސާ ނުދެވުންނަމަވެސް ކޮމިޝަނުގެ މަސައްކަތްތައް ކުރެވޭނެ މިންވަރަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެގޮތަށް އެކަން ހިނގާފައިވާތީ މުއުމިނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުއުމިނާ ވިދާޅުވީ އެޗްއާރުސީއެމް ހިންގަމުން އަންނަނީ އިމާރާތެއް ކުއްޔަށް ހިފައިގެން ކަމަށެވެ. އެގޮތުން ސަރުކާރުގެ އިމާރާތްތަކުން އެ ކޮމިޝަނަށް ޖާގަ ލިބިފައި ނުވާތީ ބޮޑު ހަރަދެއް ކުއްޔަށް ހޭދަކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ. އެގޮތުން އިމާރާތުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްފައިވީ ނަމަވެސް ހައްލެއް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ. 

މުއުމިނާ ވިދާޅުވީ ކުއްޔަށް ހިފައިގެން އުޅޭ އިމާރާތުގެ މައްސަލައަށް ހައްލެއް ހޯދައިދިނަސް އެކަން ވެގެންދާނީ ވަރަށް ބޮޑު ލުޔަކަށް ކަމަށެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މުއުމިނާ އިތުރަށް ވިދާޅުވީ ކޮމިޝަނުގެ ޒިންމާ އަދާކުރުމަށްޓަކައި ގިނަ ތަންތަނަށް ޒިޔާރާތްކުރަން ޖެހޭތީ ގިނަ ހަރަދުތަކެއް ހިނގާ ކަމަށެވެ. އެ ހުރިހާ މަސައްކަތަކީ އޮންލައިންކޮށް ކުރެވޭނެ ކަމެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް