ads
ނައިބު ރައީސް،، ސްޓެލްކޯއިން ގައިމްކުރި ބަސް ހުއްޓި ހުޅުވައިދެއްވަނީ
އެންމެ އިސްކަމެއްދެނީ ރައްޔިތުންނައްދޭ އަސާސީ ހިދުމަތްތައް ރަނގަޅުކުރަން: ނައިބު ރައީސް
ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ގާއިމްކޮށްފައިވާ ބަސް ސްޓޮޕް ހުޅުވައިދެއްވުމަށް މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

މީގެ އިތުރުން ނާއިބު ރައީސް ވިދާޅުވީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ހައްލުކުރުމަށްވެސް ސަރުކާރުން މަސައްކަތްކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މިފަދަ ހިދުމަތްތައް ލިބިގަތުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ. 

ސްޓެލްކޯ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ބިނާކޮށްފައިވާ މި ބަސް ސްޓޮޕް އަކީ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ހިދުމަތް ހޯދާ ފަސިންޖަރުން ބަހަށް އަރައިފޭބުމަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ޒަމާނީ ފެންވަރުގެ ބަސް ސްޓޮޕެލެވެ. ނާއިބު ރައީސް ވަނީ، ސްޓެލްކޯގެ އިސްވެރިންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް