ads
މީރާ--
ފަތުރުވެރިކަން ދަށްވުމުން ތިންވަނަ ކުއާޓާގައި ލިބުނު އާމްދަނީ ދަށަށް
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާ ބަލާ އިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ދަށްވެއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 4.24 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ އިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މީރާ އަށް ވަނީ އާމްދަނީގެ ގޮތުގައި 3.22 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުުނު އާމްދަނީ އާއި އަޅާ ބަލާއިރު 24.2 އިންސައްތަ ދަށް އަދަދެކެވެ.

ތިންވަނަ ކުއާޓަރުގައި އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވެފައި ވާތީ ކަމަށާއި، ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ އާމްދަނީގެ ގޮތުގައި ގިނައިން ލިބޭ ޓީޖީއެސްޓީ، ގްރީން ޓެކްސް، ރިސޯޓު ކުލި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އަދި އެއާޕޯޓް ސާވިސް ޗާޖް ބަލައިގަތް އަދަދު ދަށްވެފައިވާތީ ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

ޖުލައި 15 ގައި ރާއްޖެ އިން ބޯޑަރުތައް ހުޅުވާލި ކަމުގައި ވިޔަސް، ނިސްބަތުން ފަތުރުވެރިން އައި އަދަދު ދަށްވުމާއި، ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ދައުލަތަށް ރިސޯޓްތަކުން ދައްކަންޖެހޭ ކުލި 2021 ވަނަ އަހަރަށް ފަސްކޮށްފައި ވާތީ އޭގެ ސަބަބުން ވެސް އާމްދަނީ އަށް އަސަރުކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް