ads
ފެނާއި ނަރުދަމާ ނިޒާމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
20 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން 20 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކޮށްފައިވާ އިރު، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

އެ މަޝްރޫއުތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހޭދަވާއިރު، އެ މަޝްރޫއުތަކުގެ އެއްބަސްވުން އެކުލަވާލާފައިވަނީ އެއް އަހަރަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހަތަރު އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށެވެ.

ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުތައް 18 މަސް ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުތަކުގެ ދަށުން ފެނުގެ ނިޒާމުގެ ވިއުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އަދި ނަރުދަމާ ޕަމްޕް ސްޓޭޝަން ގާއިމް ކުރުމާއި، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުތައް 15 މަސްދުވަސްތެރޭ ނިންމަން މުއްދަތުކޮށްފައިވާ އިރު، ފެނުގެ ނިޒާމުގެ ވިއުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް ގޭގެ އަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

ފެނާއި ނަރުދަމާ މަޝްރޫއުގެ ކޮންޓްރެކްޓް އަގުތައް:

  • އއ. ފެރިދޫ: 69.3 މިލިއަން ރުފިޔާ
  • އއ. ހިމަންދޫ: 65.8 މިލިއަން ރުފިޔާ
  • ބ. ކަމަދޫ: 56.6 މިލިއަން ރުފިޔާ
  • ބ. މާޅޮސް: 60 މިލިއަން ރުފިޔާ
  • ހއ. މާރަންދޫ: 72.8 މިލިއަން ރުފިޔާ
  • ހއ. ތަކަންދޫ: 76.7 މިލިއަން ރުފިޔާ
  • ހއ. ވަށަފަރު: 78.9 މިލިއަން ރުފިޔާ
  • ހދ. ހިރިމަރަދޫ: 69 މިލިއަން ރުފިޔާ
  • ހދ. ކުމުންދޫ: 102.2 މިލިއަން ރުފިޔާ
  • ށ. ގޮއިދޫ: 86 މިލިއަން ރުފިޔާ
  • ނ. މާފަރު: 94 މިލިއަން ރުފިޔާ
  • ނ. ފޮއްދޫ: 58 މިލިއަން ރުފިޔާ
  • ރ. ފައިނު: 63 މިލިއަން ރުފިޔާ
  • ޅ. އޮޅުވެލިފުށި: 80 މިލިއަން ރުފިޔާ
  • އދ. ކުނބުރުދޫ: 45 މިލިއަން ރުފިޔާ

ފެނުގެ މަޝްރޫއުގެ ކޮންޓްރެކްޓް އަގުތައް:

  • އއ. މަތިވެރި: 38.8 މިލިއަން ރުފިޔާ
  • ހއ. މުރައިދޫ: 46.8 މިލިއަން ރުފިޔާ
  • ށ. ފީވައް: 49.6 މިލިއަން ރުފިޔާ
  • ނ. ހެނބަދޫ: 41 މިލިއަން ރުފިޔާ
  • ރ. އިންނަމާދޫ: 50 މިލިއަން ރުފިޔާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް