ads
ފްރާންސްގެ މަގުމަތީގައި އަންހެނަކު މާސްކް އަޅައިގެން. ފޮޓޯ: އަންޑަލޫ އޭޖެންސީ
ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވޭތޯ ބަލަނީ
ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިރިއުޅޭ އާންމުން ކަނޑައަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ތަބާވޭތޯ ބަލަން ފަށައިފި އެވެ.

ފްރާންސްގެ ފުލުހުން ވަނީ ހަފްތާ ބަންދުގައިި ވެރިރަށް ޕެރިސްގައި ދިރިއުޅޭ އާންމުން އެ ގައުމުގެ ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ތަބާވޭތޯ ބެލުމުގެ ގޮތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.

ފްރާންސްގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރޭތީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެ ގައުމު ލޮކްޑައުން އަކަށް ގެންގޮސްފައިވާ އިރު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ނުނިކުމެވޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، ބޭރަށް ކޮންމެހެން ނުކުންނަން ޖެހޭ ފަރާތްތަކުގެ އަތުގައި ސޮއިކޮށްފައިވާ ލިޔެކިއުމެއް އޮންނަން ޖެހޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ލޮކްޑައުން އާއި ގުޅިގެން ކަނޑައަޅާފައިވާ އުސޫލުގައިވެ އެވެ.

ހަފްތާ ބަންދުގައި ފްރާންސްގެ ފުލުހުން ޕެރިހުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާ އިރު، ފުލުހުން ވަނީ އިއްޔެ ޕެރިސް އާއި ކައިރީގައި އޮންނަ ޖޮއިންވިލް-ލެ-ޕޮން ގެ ސަރަހައްދުގައި ކުރިއަށްދިޔަ 400 އަށް ވުރެ ގިނަ މީހުންގެ ޕާޓީ އެއް ހުއްޓުވައިފަ އެވެ.

ފްރާންސްގެ ބޮޑުވަޒީރު ޝޯން ކަސްޓެކްސް ވަނީ ފުރަތަމަ ލޮކްޑައުން އާއި އަޅާ ބަލާއިރު، މިފަހަރުގެ ލޮކްޑައުންގެ އުސޫލުތަކަށް ފްރާންސްގެ އާންމުން ތަބާނުވާ ކަން ފާހަގަކުރައްވައިފަ އެވެ.

މިހާތަނަށް ފްރާންސްގައި 1.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 42،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް