ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ--
ހއ. އިން ތ. އަށް ނެރުނު ޔެލޯ އެލާޓް ދަންމާލައިފި
މޫސުން ގޯސްވެ، އހ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި ވަނީ 14:00 އިން ފެށިގެން 18:00 އަށެވެ. އެ ސަރަހައްދަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ. 

މެޓުން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ. 

އޭގެ އިތުރުން ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބުނެ އެވެ. އަދި ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކުރެ އެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް