ads
މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މޮރޮކޯއަށް ހާއްސަ މެސެޖެއް
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯގެ ފޮރިން މިނިސްޓަރަށް ހާއްސަ މެސެޖެއް ފޮނުއްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ އެ މެސެޖްގައި ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރް މަހުގެ ދެވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކަމަށާއި، 12 ވަނަ ގަރުނުގެ ތެރޭގައި ރާއްޖެ އިސްލާމްވުންވެގެން ދިޔައީ ރާއްޖޭގެ ތާރީހު އެއްކޮށް ބަދަލުކޮށްލި ކަމަކަށް އެކަނި ނޫންކަމަށެވެ.

ރާއްޖެ އިސްލާމްވުމާއެކު ރާއްޖެއާއި މޮރޮކޯއާ ދެމެދު މިހާރުވެސް އޮތް ޒަމާންވީ ގުޅުމުގެ މުހިއްމު ސަފްހާއަކަށް ކަމަށް ބުނެފައިވެ އެވެ. 

އޭގެ އިތުރުންވެސް މިނިސްޓަރުގެ މެސެޖްގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލާ، ކުރިއަށް އޮތްތަނުގައިވެސް ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެ އެވެ. 

ބުނެވޭ ގޮތުގައި ރާއްޖެ އިސްލާމްކުރެއްވި ބޭފުޅަކީ މަގްރިބްކަރައަށް ނިސްބަތްވާ އަބުލްބަރަކާތުން ޔޫސުލް ބަރުބަރީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް