ads
މަޝެރާނޯ ބާސެލޯނާގައި ހޯދި ޓްރޮފީތަކާ އެކު
އުމުރުން 36 އަހަރުގައި މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
އާޖެންޓީނާގެ ހަވިއާ މަޝެރާނޯ، ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލާއިފިއެވެ.

ކުރިން ބާސެލޯނާ އަދި ލިވަޕޫލަށް ކުޅުނު ހަވިއާ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރީ އުމުރުން އެންމެ36 އަހަރުގައެވެ. އޭނާ އެންމެ ފަހުން ކުޅުނީ، އުފަން ގައުމުކަމަށްވާ އާޖެންޓީނާގެ އެސްޓުންޑިއަންޓެސް އަށެވެ.

މަޝެރާނޯގެ ކާމިޔާބު ކެރިއަރު އޭނާ ފެށީވެސް އާޖެންޓީނާގައެވެ. އާޖެންޓީނާގެ ރިވަ ޕްލޭޓުން އޭނާގެ ކެރިއަރު ފެށުނީ ދެހާސް ތިންވަނަ އަހަރުއެވެ. އޭގެ ފަހުން ވާދަވެރި ބްރެޒިލްގެ ކޮރިންތިއަންސްއަށް ކުޅުމަށް ފަހު ޔޫރަޕަށް ބަދަލުވިއެވެ. މަޝެރާނޯ މަޝްހޫރުވީ ލިވަޕޫލްގައެވެ. ލިވަޕޫން ދެން އޭނާ ބަދަލުވީ ބާސެލޯނާއަށެވެ. ބާސެލޯނާގައި ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ޗެމްޕިއަންސް ލީގު އޭނާ ކާމިޔާބުކުރިއެވެ. އޭގެ ފަހުން އަމިއްލަ ގައުމަށް އެނބުރި ދިޔުމުގެ ކުރިން ޗައިނާގައިވެސް މަޝެރާނޯ ކުޅުނެވެ. މަޝެރާނޯވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ވޯލްޑްކަޕުގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް