ads
ސަން ސިޔާމް--
ޗައިނާއާ ނުލާ މިގައުމުގެ މީހުންނަށް ދެނެއް ނޫޅެވޭނެ: ސިޔާމް
ވަކި ގައުމަކީ ނުރަނގަޅު ގައުމެއްގެ ގޮތުގައި ދެއްކޭ ގޮތަށް މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ އެއްވެސް މެންބަރަކުވެސް ވާހަކަދެއްކުމަކީ އެއްވެސް ގޮތަކަށް އެދެވިގެންވާ ކަމެއް ނޫންކަމަށާއި ޗައިނާއާ ނުލާ ރާއްޖޭގެ މީހުންނަށް ދެން ނޫޅެވޭނެ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ވަކި ގައުމަކީ ރަނގަޅު ނޫން ގައުމެއްގެ ގޮތުގައި ހީވާ ގޮތަކަށް މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ އެއްވެސް މެންބަރަކުވެސް ވާހަކަދެއްކުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެގޮތަށް ކަންތައް ކުރާނަމަ މުޅި ގައުމު ހަލާކުވެގެން ހިނގައިދާނެ ކަމަަށެވެ.

"ހާއްސަކޮށް ޗައިނާފަދަ ބޮޑު ގައުމަކާއި ޖައްސާލައިގެން މި މަޖިލީހުގެ ބޭފުޅުން އުޅޭކަމުގަ ވަންޏާ މި ގައުމަށް ވަރަށް ބޮޑެތި ހަމަ ނޭނގޭ ކަހަލަ ގެއްލުންތަކެއްވެސް ވެދާނެ. މޮޔަ ކަންތައް އަޅުގަނޑުމެން ކުރާކަށް ނުވޭ. އަޅުގަނޑުމެންނަކީ ކުޑަކުދިންނެއް ނޫން. އެނގިލައްވާނެ ފަދައިން މިއަދު ޗައިނާއަކީ އެމެރިކާއަށް ވުރެ ބޮޑު އިގްތިސޯދެއް. ޗައިނާއާ ނުލާ މިގައުމުގެ މީހުންނަކަށް ދެނެއް ނޫޅެވޭނެ. މިކަން އަޅުގަނޑުމެން ގަބޫލް އެބަ ކުރަންޖެހޭ" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އިންޑިއާ އާއި އެމެރިކާ އަދި ހުރިހާ ގައުމަކީ ވެސް މުހިންމު ގައުމެއް ކަމަށާއި ވަކި ގައުމަކާއި ޖައްސާލައިގެން އުޅެގެން ފައިދާއެއް ނެތްކަމަށެވެ.

އަދި އަމިއްލަ ސަލާމަތްކަން ދަންނަންޖެހޭކަމަށާއި ތިމާގެ ބާރާއި އިއްޒަތް އޮތުމުން ބޮޑެތި ގައުމުތަކާއި ދޭތެރޭގައި ހިތަށް އަރާ އެއްޗެއް ބުނެލަން ބޭނުންވުމުން ބުނެވިގެން ނުވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ހާއްސަކޮށް ޗައިނާއާއި ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅަށް ބަދިހިކުރުމަށް މަޖިލީހަށާއި ސަރުކާރަށް ގޮވާލާފަ އެވެ. 

ޗައިނާއަކީ ވަރަށް ގިނަ ކަންތައްތައް ކޮށްދީފައިވާ ވަރަށް ގިނަ ލޯންތައް ދީފައިވާ ގައުމެއް ކަމަށާއި އެ ލޯންތައް ދީފައިހުރީ ކުދިކުދި އަދަދުތަކުން ކަމަށް ސިޔާމް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް