ads
އިންގްލަންޑް އަދި ޕާކިސްތާނުގެ ކެޕްޓަނުން
އިންގްލަންޑް ކްރިކެޓް ޓީމް ޕާކިސްތާނަށް
ސޯޅަ އަހަރަށް ފަހު ޕާކިސްތާނުގައި މެޗެއް ކުޅުމަށް އެ ގައުމަށް އިންގްލަންޑުން ދާން ހަމަ ޖެހިއްޖެއެވެ.

ކްރިކެޓް ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑުން ޕާކިސްތާނަށް ދާން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަންނަ އަހަރުގެ އޮކްޓޫބަރު މަހު އިންގްލަންޑްގެ ކްރިކެޓް ޓީމުން ޕާކިސްތާނަށް ކުރާ ދަތުރު ވެގެންދާނީ 2005 ވަނަ އަހަރުގެ ފަހުން އިންގްލަންޑް ޓީމުން ޕާކިސްތާނަށް ކުރާ ފުރަތަމަ ދަތުރަށެވެ. 

2009 ވަނަ އަހަރު ޕާކިސްތާނުގެ ލާހޯރުގައި، ސްރީ ލަންކާގެ ގައުމީ ކްރިކެޓް ޓީމަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ދާދި ފަހަކާ ޖެހެންދެން އެއްވެސް ގައުމަކުން ޕާކިސްތާނަށް މެޗު ކުޅެން ގޮސްފައެއް ނުވެއެވެ. ޕާކިސްތާނުގެ ހޯމް މެޗުތައްވެސް އޭރުއްސުރެ ގިނައިން ކުޅެފައިވަނީ ޔޫއޭއީގައެވެ. 

އިންގްލަންޑް ކްރިކެޓް ޓީމުން ޕާކިސްތާނަށް ކުރާ ދަތުރުގައި ޓީޓުވެންޓީ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ދެ މެޗު ކުޅުމަށް ފަހު އިންގްލަންޑް ޓީމުވެސް ޕާކިސްތާނު ޓީމުވެސް ދާނީ ކްރިކެޓް ވޯލްޑްކަޕް ކުޅުމަށް އިންޑިއާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް