ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ---ފޮޓޯ: ސަން
ސްކޫލްތަކަށް ވެރިވެފައިވާ ފަޅުކަމަކީ ކުދިންގެ ހިނިތުންވުމުގެ އަޑު ނީވުން: އައިޝަތު އަލީ
މިވަގުތު ސްކޫލްތަކަށް ވެރިވެފައިވާ އެންމެ ބޮޑު ފަޅުކަމަކީ ކުޑަކުދިންގެ ލޯބި ހިނިތުންވުން ސްކޫލްތަކުން ނީވުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުވާ މިނިސްޓަރު އައިޝަތު އަލީ ފޮނުވި ކުރު މެސެޖްގައި ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކުޑަކުދިންގެ ދުވަސް ބައްދަލުވީ ތަފާތު ގޮތަކަށް ކަމަށާއި އެހެން އަހަރުތަކުގައި ސްކޫލަށް ހާޒިރުވެވި ރަށްޓެހިނާއިއެކު ކުދިންނަށް މިދުވަސް ފާހަގަކުރެވުނު ކަމުގައި ވީނަމަވެސް މިއަހަރު ބައެއް ކުދިން ތިބެންޖެހިފައިވަނީ ގޭގައި ކަމަށެވެ.

އަދި އަނެއްބައި ކުދިން ސްކޫލަށް ހާޒިރުވިކަމުގައި ވީނަމަވެސް ކިޔެވުމުގެ ކަންތައްތައް ރޭވިފައިވަނީ ތަފާތު ގޮތަކަށް ކަމަށެވެ. 

"މިވަގުތު ސްކޫލްތަކަށް ވެރިވެފައިވާ އެންމެ ބޮޑު ފަޅުކަމާއި ހުސްކަމަކީ ތިޔަކުދިންގެ ލޯބި ލޯބި ހިނިތުންވުމާއި ތިޔަކުދިންގެ ހުނުމުގެ އަޑު ސްކޫލްތަކުން ނީވޭކަން. އަޅުގަނޑުމެންގެ އުންމީދަކީ މިހާލަތުން ވަރަށް އަވަހަށް އަރައިގަނެވި ތިޔަ ކުދިންނަށް ތިޔަ ކުދިންގެ މުދައްރިއްސުންނާއި ރަށްޓެހިންނާއި ބައްދަލުވެވި ސްކޫލްތަކުގެ މާހައުލު އުފާވެރިވެ ތިޔަކުދިންލޯބި ލޯބި އަޑުތަކުން ގުގުމައިގެން ދިޔުން." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ މިހާލަތުގައިވެސް ހުރިހާ ކުދިންވެސް ގޭގައި ތިބެގެންވެސް ވަރަށް ބަސްއަހައިގެން ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދާތީ ކަމަށާއި އަދި ކުދިންގެ އުނގެނުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށްޓަކައި މުދައްރިއްސުންނާއި ބެލެނިވެރިން ދެއްވާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާޗް 12 ގައި ރާއްޖޭ ސްކޫލުތައް ބަންދު ކުރުމަށް ފަހު ޖުލައި އެކެއްގައި މާލެ ނޫން ރަށްރަށުގައި ގްރޭޑް އެކަކުން މަތީގެ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ. ފައުންޑޭޝަން އަދި ޕްރީސްކޫލް ކުދިންނަށް ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް، މާލެ ސަރަހައްދުގައި އެ އުމުރުގެ ކުދިންނަށް އަދިވެސް ސްކޫލަށް ގެންދިޔުމުގެ ހުއްދައެއް ނެތެވެ. 

ސްކޫލުތަކުގައި ކިޔަވައިދެމުން އަންނައިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދަނީ މަސައްކަތްތެކެއް ވެސް ކުރަމުންނެވެ. އެގޮތުން ސްކޫލަށް ދަރިވަރުން ވަނުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ހުން ހުރިތޯ ބެލުމަށް ފަހު، އަދި ސެނިޓައިޒާ ވެސް ދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް