ads
ކޮވިޑް
ކޮވިޑް-19 އަށް އިތުރު 94 މީހުން ޕޮޒިޓިވް ވެއްޖެ
މިއަދު ރާއްޖެ އިން 94 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ފާއިތުވި 24 ގަޑީރުގެ ތެރޭގައި ޓެސްޓު ކުރެވުނު 1678 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 94 މީހުން ކަމަށެވެ. އޭގެ ތެރެއިން 49 މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން 45 މީހުން ޕޮޒިޓިވްވެފައިވެ އެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި، 56 ބިދޭސީންނެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12,546 އަށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 997 ގައި އުޅޭއިރު އޭގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 320 މީހަކަށް ފަރުވާ ދެމުންދާ އިރު، 80 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11،497 މީހުން ބަލިން އެއްކޮށް ރަނގަޅުވެފައިވާ އިރު، މި ބަލީގައި 45 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް