ads
އައިޖީއެމްއެޗު ސަރަހައްދު--
މާލޭގައި ސިނގިރޭޓް ބުއިން އެންމެ ފުރަތަމަ މަނާކުރަނީ އައިޖީއެމްއެޗު ސަރަހައްދުގައި
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ ފުރަތަމަ މަނާކުރާނީ އައިޖީއެމްއެޗު ހިމެނޭ ސަރަހައްދުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ ފުރަތަމަ މަނާކުރާނީ އައިޖީއެމްއެޗު ހިމެނޭ ސަރަހައްދުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުގެ މޭޔަރު، ސިފާ މުހައްމަދު ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމާ ގުޅޭ ގޮތުން ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސިޓީ ކައުންސިލުގެ ވިސްނުން ހުރީ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ވަކި ސަރަހައްދުތަކެއް ކަނޑައެޅުމެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުުން މަނާކުރަން ސިޓީ ކައުންސިލުން ވަނީ މިދިޔަ މެއި 15 ގައި ނިންމައިފަ އެވެ. ކައުންސިލުން އޭރު ބުނި ގޮތުގައި އެ ނިންމުމަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުންނެވެ.

ޝިފާ އިތުރަށް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަމުން ދަނީ އެޗްޕީއޭއިން ފަންޑުކޮށްގެން ކަމުން ފަންޑު ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ މަސައްކަތް ފަށާނެ އެވެ.


މިހާރު ވެސް މާލޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ އެކި ސަރަހައްދުތައް އެބަހުއްޓެވެ. އެގޮތުން އެފަދަ ސަރަހައްދުތަކުގައި އެކަން ފާހަގަކޮށް ބޯޑެއް ހަރުކޮށްފައި ހުންނައިރު އެންގުމާ ހިލާފަށް އަމަލުކޮށްގެން ރިޕޯޓުކުރުމުން 500 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ. ނަމަވެސް ގަވައިދުން އެކަންކަން ނުބަލާތީ އެފަދަ ތަންތަނުގައި ވެސް މީހުން ސިނގިރޭޓް ބޮއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް