ads
ކޮވިޑް ސާމްޕަލެއް ނަގަނީ--
މިއަދު 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވީ 32 މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 17 ދިވެއްސަކާއި 15 ބިދޭސީއެއް ކަމަށެވެ. 

އެގޮތުން މާލޭ ސަރަހައްދުން 19 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅު ތެރެއިން ޕޮޒިޓިވްވީ 13 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 12،578 އަށް އަރާފަ އެވެ.  

ރާއްޖެއިން 11،559 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 967 ގަ އެވެ. އަދި އައިސޮލޭޝަން ގައި މިވަގުތު ތިބީ 341 މީހެކެވެ.

މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 82 ގައި އުޅޭއިރު މަރުވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް