ads
ބްރިޖު މަތިން ޖިންސީ ފުރައްސާރަ ކުރި މީހާ--
އަފްޝަންއަށް ޖިންސީ ފުރައްސާރަ ކުރި މީހަކު ހައްޔަރުކޮށްފި
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަށް ޖިންސީ ފުރައްސާރަ ކުރި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް ޝުކުރު އަދާކޮށް އަފްޝަން ޓްވިޓާގައި ވިދާޅުވީ ޖޮގިންއަށް ނިކުމެ އުޅެނިކޮށް ބްރިޖު މަތިން އޭނާއަށް ޖިންސީ ފުރައްސާރަ ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އާއްމު ތަންތަނަކީ އަންހެނުންނަށް ރައްކާތެރި ތަންތަނަށް ވާން ޖެހޭ ކަމަށާއި އެކަން ކަށަވަރު ކުރަން ފުލުހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް އަފްޝަން ވިދާޅުވި އެވެ. ނަމަވެސް ކުށް ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުން ބުނީ އެކަން ހިނގާފައިވަނީ ރޭ 11:00 ހާއިރު ކަމަށާއި ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް