ads
ފޮޓޯ: ބީއެމްއެލް--
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބީއެމްއެލުގެ ހިދުމަތަށް ބުރޫއަރައިފި
ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ގައުމީ ބޭންކުން ކުރި ޓްވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެ ކަމަށެވެ. 

އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ. 

ޓެކްނިކަލް މައްސަލައިގެ ސަބަބުން ބުރޫއަރާފައި ވަނީ އިންޓަނެޓް ބޭންކިން ފަދަ ބައެއް ހިދުމަތްތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް