ads
އެމްއެންޑީއެފް--
ކަނޑުމަތީ ހުއްޓާ ސިއްހީ ކުއްލި މައްސަލައެއް ދިމާވި މީހަކަށް އެޙީވެއްޖެ
މ. މުލީ ބޭރުގައި އޮތް ދޯންޏެއްގައި ހުރި މީހަކަށް ސިއްހީ ކުއްލި ފަރުވާ ބޭނުންވެގެން އެމްއެންޑީއެފް އިން އެހީތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މުއްޔާއި 12 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ގެލެކްސީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެއްސަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފްގެ އެހީއަށް އެދިފައި ވަނީ މިރޭ 19:10 ގައި ކަމަށެވެ. 

އެގޮތުން އުމުރުން 57 އަހަރުގެ އެ ފިރިހެން މީހާ، މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވާން އެދިފައިވާތީ އެ މަސައްކަތް އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މީގެ ކުރިން ވެސް ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކާއި ގުޅިގެން ހޮސްޕިޓަލަށް މީހުން ގެންދިއުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް