ads
ކެޓްރީނާ ސާމްޕަލް ނަގަނީ--
ކެޓްރީނާ ވެސް ސާމްޕަލް ނެގީ ނިކަން ހާލުން!
ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ކެޓްރީނާ ކައިފް މިވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ސާމްޕަލް ނެގި ވީޑިއޯ އާންމުކުރިއިރު ފެނިގެންދަނީ ސާމްޕަލް ނެގުމަށް ނޭފަތަށް ވެއްދުމާއެކު އަތުން ދުރުކޮށްލާ މަންޒަރެވެ. އަދި ފެންކަޅިވެފައި އިނދެ ހޭން ފަށާ މަންޒަރު ވެސް ފެނިގެންދެ އެވެ. 

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ކެޓްރީނާ ކޮވިޑަށް ޓެސްޓްކުރިއިރު މީގެ ކުރިން ފުރަން އެއާޕޯޓަށް ވެސް އޭނާ ވަނީ ޕީޕީއީ ކިޓްގައި ގޮސްފަ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމުގެ މުހިއްމުކަން ފާހަގަކުރި އެވެ.

ސޯޝަލް މީޑިއާއަށް ހިއްސާކޮށްލާ ކޮންމެ ފޮޓޯއަކުން ވެސް ބަތަލާ ކެޓްރީނާ ކައިފް އޭނާގެ ސަޕޯޓަރުން "އިމްޕްރެސް" ކޮށްލަ އެެވެ. ލޯބި ސެލްފީތަކާއި ރައްޓެހިންނާއި އާއިލާއާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްލުމުން ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ. 

ކާމިޔާބު ގިނަ ފިލްމުތަތަކުން ފެނިގެންދިޔަ ކެޓްރީނާގެ ކުރިއަށް އޮތް މަސައްކަތަކީ ފޯން ބޫތެވެ. އެ ފިލްމުން އޭނާއާއެކު އިޝާން ކައްޓާރު އާއި ސިދާންތު ޗަތުރަވެދީ ފެނިގެންދާނެ އެވެ. 

އޭގެ އިތުރުން އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ސްޕަހީރޯ މޫވީން ވެސް ކެޓްރީނާ ފެންނާނެ ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް