ads
ފޮޓޯ: މެޓް
ތޫފާން ނިވާރުގެ އަސަރު ބުދަ ދުވަހުކުރާނެ: މެޓް
ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ކުޑަކޮށް ބުދަ ދުވަހުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓްގެ އޮފިޝަލަކު މިރޭ ސީއެންއެމްއަށް ވިދާޅުވީ ތޫފާން ނިވާރުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އެކަމަކު އޭގެ ނުސީދާ އަސަރު ބުދަ ދުވަހު، ރާއްޖެއަށް ވެސް ކުރާނެކަން ފާހަގަކުރެއްވި އެވެ.

ތޫފާން ނިވާރުގެ މިސްރާބު މިހާރު ހުރީ ތަމިލް ނާޑޫ ސަރަހައްދަށެވެ. 

މިވަގުތު ރާއްޖޭގެ ސަރަހައްދުގެ މޫސުމަށް ބަލާއިރު މެޓުން ބުނީ ތ. އަތޮޅުން ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުއުތުރާއި އުުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި، އަދި ދެކުނުގެ ސަރަހައްދަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ދެކުނުގެ ސަރަހައްދަށް ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ. 

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް