ads
ޓޮޕް ގްލޯވް ކުންފުނީގެ މުވައްޒަފުންނަށް ކާބޯތަކެތި ފޯރުކޮށްދޭ މީހެއް--- ފޮޓޯ: ބީބީސީ
ކޮވިޑު ފެތުރި ޕީޕީއީ ހަދާ އެންމެ ބޮޑު އެއް ކުންފުނީގެ ފެކްޓްރީތައް ބަންދު!
ދުނިޔޭގެ ލޭޓެކްސް އަންގި އުފައްދާ އެންމެ ބޮޑު އެއް ކުންފުނީގެ ދެބައިކުޅަ އެއްބައި ފެކްޓްރީތައް ބަންދުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ ލޭޓެކްސް އަންގި އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މެލޭޝިއާގެ ޓޮފް ގްލޯވް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވެވްފައި ވާތީ އެ ކުންފުނީގެ 28 ފެކްޓްރީ އެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ޓޮފް ގްލޯވް ކުންފުނީގެ ފެކްޓްރީތަކާއި މުވައްޒަފުން ދިރިއުޅޭ ކޮމްޕްލެކްސް ހުންނަ ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. 

ޓޮޕް ގްލޯވް ކުންފުނީގެ 5،800 އެއްހާ މުވައްޒަފުން ޓެސްޓް ކޮށްފައިވާ އިރު، މިހާތަނަށް 2،453 މުވައްޒަފުން ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޮޕް ގްލޯވް ކުންފުނިން ޕީޕީއީ އިކުއިޕްމެންޓް ވިއްކައިގެން މި އަހަރުގެ މިހާތަނަށް ރެކޯޑު އަދަދަކަށް ފައިދާ ހޯދާފައިވީ ނަމަވެސް، ގިނަ ފެކްޓްރީތައް ބަންދު ކުރާނެ ކަމަށް މިއަދު އިއުލާން ކުރުމާއި ގުޅިގެން އެ ކުންފުނީގެ ހިއްސާ ވަނީ 7.5 އިިންސައްތަ ދަަށަށް ގޮސްފައެވެ.

ޖުމްލް 41 ފެކްޓްރީ އެއް ހިންގާ ޓޮފް ގްލޯވް ކުންފުނީގައި ގިނައިން މަސައްކަތް ކުރަނީ ނޭޕާލްގެ ބިދޭސީ ރައްޔިތުން ކަމަށްވާ އިރު، އެ މީހުން ދިރިއުޅޭ ކޮމްޕްލެކްސްގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ގިނަ މީހުން އެއްފަހަރާ އެއްތަނަކު ދިރިއުޅޭ ކަން ފާހަގަކުރެވެ އެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އިރު، ޕޮޒިޓިވްވި ފަރާތްތަކާއި ކޮންޓެކްޓް ވެފައި ތިބި ފަރާތްތައް ކަރަންޓީނު ކޮށްފައިވާ ކަމަށް އެގައުމުގެ ހެލްތް އޮފިޝަލަކު ރޮއިޓާސް އާއި ހަވާލާދީ މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް