ads
ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތަކަށް ލުޔެއް
ބޭރު ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތު މަދުކުރަން އެ ގައުމުން ނިންމައިފި އެވެ.

އާންމުގޮތެއްގައި އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރަނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށްވާ އިރު، 15 ޑިސެމްބަރުން ފެށިގެން ފަސް ދުވަހަށް ކަރަންޓީނުގެ މުއްދަތު މަދުކުރަން އެ ގައުމުން ވަނީ ނިންމާފަ އެވެ.

ނަމަވެސް ފަސް ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެވެނީ އެ ގައުމަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓްކުރާ ފަރާތްތައް ކަމަށާއި، ޓެސްޓް ކުރުމަށް 65 ޔޫރޯ އާއި 120 ޔޫރޯ އާއި ދެމެދުގެ އަގެއް ދައްކަން ޖެހޭނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ އެ އާ ގަވާއިދުގެ ދަށުން އެ ގައުމުގެ ލުއި ލިސްޓްގައި ހިމެނޭ ގައުމުތަކުގެ ރައްޔިތުން ފިޔަވައި ދެން އެ ގައުމަށް އަންނަ ގައުމުތަކުގެ ރައްޔިތުން އެކަހެރި ވާން ޖެހޭނެ އެވެ. ނަމަވެސް ފަސް ދުވަހަށްފަހު ނަގާފައިވާ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ، އެކަހެރި ވާކަށް ނުޖެހޭނެ އެވެ.

ސާމްޕަލްގެ ނަތީޖާ ދެ ދުވަހެއްގެ ތެރޭ ލިބޭނެކަމަށްވާ އިރު، ކަރަންޓީނުގެ މުއްދަތުގެ ފަސް ދުވަހުގެ އިތުރުން އިތުރު އެއް ދުވަސް ވެސް ހޭދަ ކުރަން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓާއި ބެހޭ ވަޒީރު ގްރާންޓް ޝަޕްސް ވިދާޅުވީ އެ ގަވާއިދުގެ ސަބަބުން އެ ގައުމަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އެ ގަވާއިދުގެ ސަބަބުން އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ސިނާއަތް އަލުން އިއާދަވުމަށް މަގުފަހިވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ލުއި ލިސްޓުގައި ރާއްޖެ ހިމެނުމުން އެ ގައުމުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް