ads
ރާއްޖޭގެ ރިސޯޓެެއް--
މާލެއާ ދުރު ރިސޯޓުތަކުގެ ކުލި ކުޑަކުރަނީ
ފަތުރުވެރިކަމުގެ ވިޔަފާރިކުރަން ރިސޯޓްތައް ތަރައްގީކުރުމަށް ދޫކުރާ ރަށްރަށުގެ ތެރެއިން މާލެއާ ދުރު ހިސާބުތަކުގެ ކުލި ކުޑަކުރާ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ބިލުގައި ހިމަނައިފި އެވެ.

އެ ބިލަކީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލެކެވެ. 

މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވަޑައިގެންނެވިއިރު އެ ބޭފުޅުން ވަނީ މިފަދަ އިސްލާހުތަކެއް ބޭނުމަކީ ފަތުރުވެރިކަން ކުރި ނާރާއި އޮތް ސަރަަހައްދުތަކުގެ ފަތުރުވެރިކަމަަށް އިންވެސްޓްކުރުންކަން ފާހަގަކުރައްވާފަ އެވެ.

ބިލުގައިވާ ގޮތުން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ މިން އަޅައިގެން އަކަމީޓަރަކަށް ވަކި ވަރެއް ނަގަން ޖެހެނީ ދެ ލައްކަ އަކަމީޓަރަށް ވުރެ ކުދި ބިންތަކުންނެވެ. އެގޮތުން އެންމެ ކުޑަ ކުއްޔަކަށް ދޫކުރަން އޮތީ އައްޑޫ އާއި ފުވައްމުލަކުންނެވެ.

އެގޮތުން އެދެ ތަނުގައި އެވަރުގެ ބިން ދޫކުރަން އޮތީ އަކަމީޓަރަކަށް އަހަރަކު ދެ ޑޮލަރުގެ ޜޭޓަކުން އަގު ނެގުމަކާއެކު އެންމެ ބޮޑު ކުއްޔަކީ 250،000 ޑޮލަރަށް ހެދުމަށެވެ. 

ހއ. އަތޮޅާއި ހދ. ގައި އެވަރުގެ ބިންތަކަށް ނަގަން ކަނޑައަޅާފައި އޮތީ އަހަރަކަށް ހަތަރު ޑޮކަރުގެ ރޭޓުންނެވެ. އެގޮތުން އެ ސަަރަހައްދުން އެންމެ ބޮޑު އަދަދަކަށް ނެގޭނެ ކަމަށް އޮތީ ފަސް ލައްކަ ޑޮލަރެވެ.

އަދި ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަަށް އެވަރުގެ ބިންތަކަށް ނަގަން އޮތީ އަކަމީޓަރަކަށް އަށް ޑޮލަރެވެ. އަދި އެންމެ ބޮޑު އަދަދަކަށް އޮތީ އެއް މިލިއަން ޑޮލަރަށް ލިމިޓްކުރުމެވެ. 

އޭގެ އިތުރުން އެ ބިލްގައިވާ ގޮތުން ދެ ހުރި އަތޮޅުތަކުން އަކަމީޓަރަކަށް އަހަރަކު ހަ ޑޮލަރު ނަގަން ހިމަނާފައިވާއިރު އެންމެ ބޮޑުވެގެން ނެގޭނެ ކަމަށް ކަނޑައަޅާފައި ވަނީ 750،000 ޑޮލަރެވެ.

ބިލުގައިވާ ގޮތުން ދެ ލައްކަ އަކަމީޓަރާއި ހަތަރު ލައްކަ އަކަމީޓަރާ ދެމެދުގެ ބިންތަކުގެ އަކަމީޓަރަކަށް ވަކި އަދަދެއް ކަނޑައަޅާފައެއް ނުވެ އެވެ. އެތަންތަނުގައި ޖެހެނީ ކަނޑައަޅާ ވަކި ވަރެއް ކޮންމެތަނަކުން ވެސް ނަގާށެވެ. އެގޮތުން ބިލްގައިވާ ގޮތުން އައްޑޫ އަދި ފުވައްމުލަކުގެ އެވަރުގެ ބިންތަކަށް ނަގަން އޮތީ އަހަރަަށް ހަތަރު ލައްކަ ޑޮލަރެވެ. އަދި ހއ. އާއި ހދ. އިން 750،000 ޑޮލަރު އޮތްއިރު ނ. އިން ފެށިގެން ދ. އަތޮޅާ ހަމައަށް އޮތީ 1.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ހުރި އަތޮޅުތަކަށް އޮތީ އަހަރަކަށް 1.1 މިލިއަން ޑޮލަރެވެ.

އޭގެ އިތުރުން އެ ބިލްގައިވާ ގޮތުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަކަމީޓަރަކަށް ނަގާނެ ވަކި ވަގެއް ނެތެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކުން ހަތަރު އަކަމީޓަރަކަށް ވުރެ ބޮޑެތި ބިންތައް އަށް ލައްކަ ޑޮލަރަށް އަހަރަކު ދޫކުރަން ހަމަޖެހިފައިވާއިރު ހއ. އާއި ހދ. އަށް އަހަރަކަށް އެއް މިލިއަން ޑޮލަރު އަދި ނ. އިން ދ. އަށް ދެ މިލިއަން ޑޮލަރު ކަމަށް ވަނީ ހިމަނާފަ އެވެ. އަދި އެހެން އަތޮޅުތަކުގައި 1.5 މިލިއަން ޑޮލަރު ކަމަށް ވެސް ވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް