ads
ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހުގެ އަންހެން މުވައްޒަފުންނާއި އެކު---
މުޖުތަމައުގައި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ގޮވާލައްވައިފި
މުޖުތަމައުގައި އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ބައިނަލްއަގްވާމީގޮތުން ފާހަގަކުރަމުންމިދާ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓުގަ އެވެ. 

ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވަނީ، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް 16 ދުވަހުގެ ކެމްޕޭނެއް ހިންގުމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ. އަދި ރައީސް ވަނީ އަންހެނުންނަށް އަނިޔާ ނުލިބޭނެ މުޖުތަމައުއެއް ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރުކުރުމަށް ގޮވާލައްވާފަ އެވެ. 

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން، 16 ދުވަހަށް ކުރިއަށްގެންދާ ނިންމާފައިވާ މި ކެމްޕެއިންގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް : ފަންޑު، ރެސްޕޯންޑް، ޕްރިވެންޓް، ކަލެކްޓް" މިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް