މިއަދަކީ ކިތަންމެ މޮޅު ނަމެއް ދީފައި އޮތް ދުވަހެއް ނަމަވެސް، މިއަދު ދިވެހިރާއްޖެއަށް އިރުއެރީ ވެސް އަދި އިރު އޮއްސޭނީވެސް މި ދެންނެވި އަނިޔާވެރި ކަމުގައި ތިބި އެތައް ބައިވަރު އަންހެންކަބަލުންގެ ހިތްތަކަށް އުފާވެރިކަމެއް ނުލިބިއެވެ. މާދަމާއަށް އިރު އަރާނީވެސް ހަމަ އެ ވޭނާ ކެކުޅުމުގެ ތެރޭގައެވެ.