ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝިހާބު--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓަރާއި، ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު ބައްދަލުކުރައްވައިފި
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރާއްޖެ އިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހީމް ޝަހީބާއި ބައްދަލު ކުރައްވައިފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގެ އޮފީހުގައި މިނިސްޓަރު ޑރ. މައުސޫމް އާއި ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝަހީބު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމާއި ބެހޭ ކަންތައްތަކުގައި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަލި އަޅުއްވާލެއްވި އެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސްޓްރީ އާއި ސިންގަޕޫރުގައި ހުންނަ ހައި ކޮމިޝަނުން ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށްޓަކައި، ފަތުރުވެރިކަމާއި ގުޅުން ހުރި ކަންތައްތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް