ads
ފޮޓޯ: މޯލްޑިވިއަން
އިތުރު 196 ބިދޭސީން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލައިފި
ބަންގްލަދޭޝްގެ އިތުރު 196 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ސައްހަ ލިޔެކިއުމެއް ނެތް ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމަށްޓަކައި ދިވެހި ސަރުކާރާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިއަދުވެސް ބަންގްލަދޭޝްގެ 196 މީހަކު ވަނީ އަނބުރާ ފޮނުވައިލާފަ އެވެ.

މިދިޔަ ހަފްތާގައިވެސް 200 މީހުން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ އިރު، މިހާތަނަށް މޯލްޑިވިއަން އިން 8،832 މީހުން އެ ގައުމަށް އަނބުރާ ފޮނުވާލާފައިވެ އެވެ.

މި އަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ 20،000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް