ads
މާރިޔާދީދީ--
މިނިސްޓަރު މާރިޔާ ލަންކާއަށް ވަޑައިގަންނަވަނީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިމަހުގެ 27 އިން 28 ގެ ނިޔަލަށް، ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ "އެން.އެސް.އޭ ލެވަލް މީޓީން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި، މިނިސްޓަރު މާރިޔާ ބައިވެރިވަޑައިގަންނަވާ ކަމަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މިދަތުރުފުޅަކީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެ ބައްދަލުވުމުގައި، އިންޑިއާ ކަނޑުގެ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިޔާއާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެެ.

އެ ބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް