ads
މުހައްމަދު ރަޝީދު- ހޮކޭ
ހޮކޭވެސް ސުޕަ ޔުނައިޓެޑަށް
ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު ރަޝީދު- ހޮކޭވެސް ސުޕާ ޔުނައިޓެޑް ސްޕޯޓްސްއަށް ސޮއިކޮށްފިއެވެ.

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއަށް ހޮކޭ ސޮއިކުރިކަން އެ ކްލަބުން ހާމަކުރީ އަންގާރަ ދުވަހުއެވެ. ސުޕާ ޔުނައިޓޭޑް ސްޕޯޓްސް ކްލަބުން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިންނާ ތަޖުރިބާކާރު އިތުރު އެތައް ކުޅުންތެރިންނެއް އެ ޓީމަށް ގެނެސްފައެވެ. އެ ޓީމުގެ ފަރިތަކުރުންތައް ފެށިތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ.

ތަޖުރިބާކާރު ޑިފެންޑަރު ހޮކޭއަކީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ނިއުރޭޑިއަންޓް، ވިކްޓަރީ އަދި ދަގްރާންޑޭއަށް ވެސް ގައުމީ ޓީމުގައިވެސް ކުރިން މޮޅު ކުޅުމެއް ދެއްކި ހޮކޭ ކުޅުނެވެ. ގައުމީ ޓީމުގައި ހޮކޭ އެންމެ މޮޅަށް ކުޅުނު މެޗުތަކުގެ ތެރޭގައި މާލޭގައި ވަރުގަދަ ގަތަރާ ދެކޮޅަށް ކުޅުނު މެޗު ހިމެނެއެވެ.

ދެވަނަ ޑިވިޝަނުން މުޅިން އަލަށް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި މަސައްކަތް ކުރި ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު އެވެ. ނާދުގެ އިތުރުން ސަސްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ޒުވާން ގައުމީ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުގައި މަސައްކަތް ކުރި ޒުވާން ކޯޗު ފަރީދު މުހައްމަދު އަދި ގޯލް ކީޕަރު ކޯޗު ހަސަން ހަމީދު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް